މާލޭގެ މައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއެއް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މި މަޝްރޫއުގެ ދަށުން މަގުތަކުގައި ފެން ހިންދާ ނިޒާމު ރަނގަޅުކޮށް، ހިނގާ މީހުންނަށް ހާއްސަ ސަރަހައްދުތައް ގާއިމުކުރެވޭނެއެވެ. މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 18 މަސްދުވަހެވެ.